ދުނިޔެ

އެނދު ތަންދޮށުގައި ފިލާ އޮތް ވަގަކު ތިން ދުވަސް ފަހުން ފެނިއްޖެ

Jul 24, 2015

ފުލުހުން ބުނީ މިދިޔަ މޭ މަހު ހިނގި، ނަމަވެސް މި ހަފުތާގައި އާއްމުންނަށް ހާމަކުރި މި ހާދިސާގައި ޖޯން ހަބަޑްގެ މައްޗަށް މިހާރު ވަނީ ވަށްކަމުގެ ދައުވާ އުފުލާފައި ކަމަށެވެ.

ހަބަޑްގެ މައްޗަށް އިތުރަށް އުފުލި ދައުވާގެ ތެރޭގައި "ހިދްމަތް" ވަގަށް ނެގި ކަމުގެ ތުހުމަތު ވެސް ހިމެނެއެވެ. ސަބަބަކީ އެނދު ތަންދޮށާ ދިމާލުން ހުރި ސްވިޗަކުން އޭނާގެ ހަތަރު މޮބައިލް ފޯން ޗާޖް ކޮށްފައިވާތީއެވެ.

ފުލުހުން ބުނި ގޮތުގައި އެ ގެއަށް ހަބަޑް ވަނީ މޭ މަހުގެ 7 ވަނަ ދުވަހު ގޭގެ ވެރިމީހާ ކުނި އުކާލަން ނުކުތް ތަންވަޅު ބަލައިފައެވެ. އަދި ވެރިމީހާ އަށް ހަބަޑް ފެނުނީ އޭގެ ތިން ދުވަސް ފަހުން އެ ކޮޓަރިން އަޑެއް އިވިގެން ގޮސް ބެލިއިރު ކަމަށެވެ.

ބުދަ ދުވަހާ ހަމައަށް ހަބަޑް ވަނީ ޖަލަށް ލައިފައެވެ. ކަފާލާތް ހަމަޖައްސާފައިވަނީ 50000 ޑޮލަރު (771000 ރުފިޔާ) އަށެވެ. ހަބަޑް އަކީ ކޮން އުމުރެއްގެ އަދި ކޮން އަވަށެއްގެ މީހެއް ކަމާއި އޭނާގެ ގާނޫނީ ވަކީލެއް ވޭތޯ ފުލުހުން ހާމައެއް ނުކުރެއެވެ.