ހަބަރު

ނިޔާޒާއެކު 12 މީހެއްގެ ނަން އޭސީސީއަށް ފޮނުވައިފި

Jul 10, 2019
6

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލާން މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުޅުވާލީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލުތުފީ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. ހަސަން ލުތުފީ ކޮމިޝަނުން އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ތަޅުމަށް އިއްވި ރައީސްގެ ސިޓީފުޅުގައިވާ ގޮތުން، އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލީ 12 މީހެކެވެ. އޭގެ ތެރެއިން މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ފޮނުއްވީ 12 މީހެއްގެ ނަމެވެ. އޭގެ ތެރޭގައި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ހިމެނެ އެވެ.

އެ ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި ވަނީ ކޮޓީއަށް ނަންތައް ފޮނުއްވައިފަ އެވެ.

އޭސީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް

  • 1. ފާތިމަދު އަނޫލާ، ގ. ވަޑިނޮޅުގެ
  • 2. އާރިފް ރަޝީދު، ބާޑްވިލާ، ބ. ތުޅާދޫ
  • 3. ޒީނިޔާ އަބްދުﷲ، މަދޮށިމާގެ، ހއ. ބާރަށް
  • 4. އިބްރާހިމް ޝަކީލް، ދަފްތަރު ނަމްބަރު 3654
  • 5. އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންވަރު
  • 6. މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ
  • 7. މުޖުތަބާ ހަމީދު، ދީފްރޮމްގެ، ރ. ކަދޮޅުދޫ
  • 8. އަލީ އަޝްރަފު، ދަފްތަރު ނަމްބަރު 3366
  • 9. މަރިޔަމް އަހުމަދު. ގ. ޓުރަސްޓްހޯމް
  • 10. ނިޔާޒު އިބްރާހިމް، ބްރޫމް، ގދ. ތިނަދޫ (ކުރީގެ އޮޑިޓާ ޖެނެރަލް)
  • 11. އަބްދުﷲ މިޒްއާން، ރަތްވިލާގެ، ކަނދޮޅުދޫ
  • 12. އާދަމް ޝާމިލް، ރަތްވިލާގެ، ތ. ވިލުފުށި