ހަބަރު

މާލޭގައި ރޭ އެކްސިޑެންޓެއްވެ ދެމީހަކަށް އަނިޔާ

Jul 14, 2019

މާލޭގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 1:10 ހާއިރު މަޖީދީ މަގުން ދުއްވާފައިދިޔަ ސައިކަލަކާއި ސައްޔިދު ކިލެގެފާނު މަގުން ދުއްވާފައި ނިކުތް ސައިކަލަކާޖެހި ދެމީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ 25 އަހަރުގެ ބަނގުލަދޭޝް ރައްޔިތަކަށާއި 36 އަހަރުގެ ދިވެއްސަކަށް ކަމަށެވެ. އެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ، އެކްސިޑެންޓަކާއި ގުޅިގެން ރޭ ދަންވަރު ދެމީހުން އެހޮސްޕިޓަލަށް ގެނެސްފައިވާ ކަަމަށެވެ. ނަމަވެސް ދިވެހި މީހާ ވަނީ އޭޑީކޭއަށް ބަދަލުވާން އެދުމުން ބަދަލުކޮށްދީފައި ކަމަށެވެ. އަދި ބިދޭސީ މީހާއަށް މިހާރުވެސް ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗްގައި ކަަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.