ފިނިޕޭޖް

"މޯލްޑިވިއަން އައިޑަލް" ބާއްވަން ނިންމައިފި

Jul 26, 2015

އެމެރިކަން އައިޑަލް ފްރެންޗައިޒެއްގެ ގޮތުގައި "މޯލްޑިވިއަން އައިޑަލް" ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ލަވަ ކިއުމުގެ މުބާރާތް ކަމަށްވާ އެމެރިކަން އައިޑަލްގެ މި މުބާރާތް ރާއްޖޭގައި ބާއްވަނީ ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) އާއި އެމްއެމްޕީއާރްސީ ގުޅިގެންނެވެ. މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ހަރަކާތެރިވަނީ ދުނިޔޭގެ މަޝްހޫރު މިއުޒީ ފަންނާނުންނެވެ.

މިރޭ މާލޭގައި ބޭއްވި މިއުޒިކް ޝޯގެ ތެރޭގައި މި މުބާރާތް ރާއްޖެއަށް ލޯންޗްކުރި ނަމަވސް އެ މުބާރާތް ރާއްޖޭގައި ބާއްވާނެ ގޮތާއި ތާރީހު އިއުލާނެއް ނުކުރެ އެވެ.

މި މުބާރާތަކީ ދިވެހި ޒުވާން މިއުޒިކީ ފަންނާނުން އުފެއްދުމުގެ މަގުސަދުގައި ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލް އަގުވާމީ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.