ހަބަރު

ގާޒީ މަހާޒުއަށް އެޅި ފިޔަވަޅު ރިވިއު ކުރަނީ

Jul 15, 2019
3

ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ މައްޗަށް ސާބިތުވި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އިން ނިންމި ސުލޫކީ މައްސަލަ އަލުން ރިވިއު ކުރަން އެ ކޮމިޝަން އިން ނިންމައިފި އެވެ.

މަހާޒާ ގުޅޭ ގޮތުން ޖޭއެސްސީ އިން ބަލާފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލެއް އަދި ޕީޖީގެ ނައިބެއް ނެތި ޖިނާއީ ދައުވާ ކުރިޔަށް ގެންދިޔުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެ އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވި އާޓިކަލްއަކާ ގުޅިގެން 2015 ވަނަ އަހަރުގަ އެވެ. އެ މައްސަލާގައި ޖޭއެސްސީ އިން ވަނީ މަހާޒުގެ މައްޗަށް ސުލޫކީ މައްސަލަ ސަބިތުވާ ކަމަށް ނިންމަައި އޭނާއަށް އިންޒާރު ދީފަ އެވެ.

ޖޭއެސްސީ އިން މިއަދު ބުނީ މަހާޒުގެ މައްސަލަ ރިވިއުކޮށްދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގެންފައިވާ ކަމަށެވެ. އަދި އެކަން ރިވިއު ކުރުމަށްޓަކައި ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މަހާޒުގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ރައީސް މުހައްމަދު ނަޝީދު އާއި ހިސާން ހުސެއިން އަދި ޑރ އަލީ ޝަމީމްގެ އިތުރުން އޭޖީ އިބްރާހިމް ރިއްފަތެވެ.