ހަބަރު

ރާޅާ އަޅަން އުޅުނު ދެ މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި

ހދ. މަކުނުދޫ ބޭރުން ރާޅާ އަޅަން އުޅުނު ދެ މީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހދ. މަކުނުދޫގައި ރާޅާ އަޅަން އުޅުނު ދެ މީހަކު މާކަނޑަށް އޮޔާދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި، ރަށުގެ އާމުން ގުޅިގެން ޑިންގީއެއްގައި ގޮސް އެ ދެ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޮޔެ ގަދަ ދުވަސްދުވަހު މޫދަށް އެރި ނޫޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުންގޯސްވެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރެކެވެ.