ހޮލީވުޑް

"އަ ކުއައެޓް ޕްލޭސް" ސީކުއެލްގެ ޝޫޓިިން ފަށައިފި

މިދިޔަ އަހަރު ގިނަ ބަޔަކު ތައުރީފު ކުރި ފިލްމު "އަ ކުއައެޓް ޕްލޭސް"ގެ ސީކުއެލްއެއް އުފެއްދުމަށް ޝޫޓިިން ފަށައިފި އެވެ.

ކްރިޓިކުންވެސް ސަޕޯޓު ކުރި މި ބިރުވެރި ފިލްމުގެ ސީކުއެލްގެ ޝޫޓިން ފެށި ކަމަށް އިއުލާން ކޮށްފަައި ވަނީ ފިލްމުގެ ޑިރެކްޓަރު ޖޯން ކްރަސިންސްކީ އެވެ. އޭނާ ވަނީ ޝޫޓިންގައި ބޭނުން ކުރާ ކްލެޕާ ބޯޑުގެ ފޮޓޯ އެއް ނަގާ ޓްވީޓު ކޮށްފަ އެވެ. އަދި "ޕާޓް 2" ޖަހާފައި ވެ އެވެ.

މިދިޔަ އަހަރު ކްރަސިންސްކީގެ ޑައިރެކްޝަނުގެ ދަށުން ނެރުނު މި ފިލްމަކީ ޖަނަވާރުތަކަކުން އިވޭ ބިރުވެރި އަަޑުތަކަކުން ސަލާމަތްވުމަށް އެކަހެރިކޮށް ދިރިިއުޅޭ އާއިލާއެއް ދައްކުވައިދޭ ފިލްމެކެވެ. ހަތަރު މީހުންގެ މި އާއިލާ ދިރިއުޅެވޭތޯ ބަލަނީ އެ ޖަނަވާރުތަކަށް އަޑެއް ނީއްވާ އެވެ.

"އަ ކުއައެޓް ޕްލޭސް" ގެ ޓްރެއިލާ--

ސީކުއެލްގެ ސްކްރިޕްޓު ފައިނަލް ކުރުމުގެ މަސައްކަތުގައި ސްކޮޓް ބެކް އާއި ބްރައަން ވުޑްސް ޑައިރެކްޓަރާއެކު މިހާރުވެސް މަސައްކަތް ކުރެ އެވެ. ސީކުއެލްއަށް ކާސްޓުކޮށްފައިވަނީ އެމިލީ ބްލަންޓް އާއި މިލިސެން ސިމޮންސް އަދި ނޯއާ ޖޫޕް އެވެ. އިތުރު ކާސްޓުން އަދި ޔަގީނެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ ފިލްމުން ވަނީ 340 ޑޮލަރުގެ ކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދާފަ އެވެ. އަދި މި ކާމިޔާބާއެކު، ފުރަތަމަ ފިލްމުގައި ވެސް ފެނުނު އެމިލީ ބްލަންޓް އަށް ވަނީ ސަޕޯޓިން ރޯލަކުން ސްކްރީން އެކްޓާސް ގިލްޑް އެވޯޑު ލިބިިފަ އެވެ.

ސީކުއެލް ނެރެން ދީފައިވާ ތާރީހަކީ އަންނަ އަހަރުގެ މާޗް މަހުގެ 20 އެވެ.