ޓެކްނޯލޮޖީ

އެޕަލް އިން "ޑިސެބިލިޓީ އިމޯޖީސް" ނެރެނީ

ނުރަަސްމީކޮށް ފާހަގަ ކުރާ ދުނިޔޭގެ އިމޯޖީ ދުވަހަށް އެޕަލް ކުންފުނިން ވަނީ އާ އިމޯޖީސް ތަަކެއް އުފައްދާފަ އެވެ. މި އިމޯޖީ ތަކުގެ ތެރޭގައި އެންމެ ބޮޑު ސަމާ ލުކަމެއް ލިބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސިފަކޮށްދޭ ގޮތަށް ހަދާފައި ހުރި އިމޯޖީ ތަކެވެ.

މި ޑިޒައިންތައް ދައްކުވައިދޭނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ކަމަށް އެޕަލްއިން ބުނެ އެވެ. ދުނިޔޭގެ އިމޯޖީ ދުވަސް ކަމަށް ކަނޑައަޅާފަައިވަނީ ޖުލައި 17 އެވެ.

އެޕަލްގެ ސްޕޯކްސްމެން ބުނީ، އާ އިމޯޖީތަކުގެ ސަބަބުން ކީބޯޑުގައި ފުރިހަމަ ނުވެ ހުރި ބޮޑު ބައެއް ފުރިހަމަ ވާނެ ކަމަށެވެ. އަދި އެ ކުންފުނިން މުހިއްމު ކަމެއް ދޭ ކަމެއްގެ ގޮތުގައި ޑައިވާސިޓީ ފާހަގަ ކުރުން ހިމެނޭ ކަމަށް ބުންޏެވެ.

މިދިޔަ އަހަރު ޕްރޮޕޯސްކުރި މި ޑިޒައިންތަކުގެ ތެރޭގައި މިހާރު ހުރި ބައެއް އިމޯޖީތަކަށް ވެސް ބަދަލު އަންނާނެ އެވެ. އެގޮތުން، އަތް ގުޅުވައިގެން ހުންނަ އިމޯޖީއަށް އިތުރު ސްކިން ޓޯންތައް ހިމަނާ ކާ އެއްޗެހީގެ ތެރޭގައި ވޮފްލްސް އަދި ދޫނިތަކުގެ ތެރޭގައި ފްލެމިންގޯ ހިމަނާނެ އެވެ.

އެޕަލް އިން ނެރޭ "ޑިިސެބިލިޓީ އިމޯޖީ" ތަކުގައި ހުރިހާ ވައްތަރެއް އަދި ނުހިމެނޭ ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މިއީ ފެށުމެއް ކަމަށާއި ކުރިމަގުގައި ފުޅާ ދާއިރާތަކުން އިމޯޖީތައް ފެންނާނެ ކަމަށް ބުނެ އެވެ.

އަލަށް ތައާރަފު ކުރާ 20 އަައިކަން އާއެކު އަހަރުގެ ފަހު ކޮޅުވެސް އާ އައިކަންތަކެއް ނެރޭނެ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.