ވިޔަފާރި

އުރީދޫ ގްރޫޕުން ފުރަތަމަ ފަހަރަށް 5ޖީ މޯބައިލް ޕްލޭނެއް

Jul 18, 2019

އުރީދޫ ގްރޫޕުން މިދިޔަ އަހަރު ޓެސްޓް ކުރި 5ޖީ، އަށް ހާއްސަ މޮބައިލް ޕްލޭން ގަތަރުގައި ނެރެފި އެވެ.

ފުރަތަމަ ފަަހަރަށް 5ޖީ ޓެސްޓްކުރި އެއް ކުންފުނި ކަމަށްވާ އުރީދޫ ގްރޫޕުން 5ޖީ ފޯނުތަކަށް ތައާރަފު ކޮށްފައިވާ މި މޮބައިލް ޕްލޭން ސަޕޯޓް ކުރާނީ ޗައިނާގެ ވާވޭ ކުންފުނިން ނެރެފައިވާ މޭޓް 20 އެކްސް ސީރީޒްގެ ފޯނު ތަކަށެވެ. މިއީ ދުނިޔޭގައި ފުރަތަމަ ފަހަރަށް 5ޖީ ބޭނުން ކުރެވޭ ގޮތަށް އުފެއްދި އެއް ފޯނެވެ.

އުރީދޫ ގްރޫޕުން ގަތަރުގައި ތައާރަފު ކޮށްފައިވާ 5ޖީގެ ނެޓްވޯކު ބޭނުން ކުރާ ފަރާތްތަކަށް 2.3 ޖީބީޕީއެސްގެ ސްޕީޑުގައި މޮބައިލް އިންޓަނެޓު ލިބެ އެވެ. މިއީ މިހާތަނަށް ތައާރަފު ކުރި އެންމެ ހަލުވި މޮބައިލް އިންޓަނެޓެވެ.

އުރީދޫ ގްރޫޕުން ދަނީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރަމުންނެވެ. އެ ކުންފުނީގެ ވިޔަފާރި މެދުއިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާގައި ސަރަހައްދުގަ ކުރެ އެވެ. އުރީދޫ ގްރޫޕުގެ އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި ހިދުމަތްދޭ ކުންފުންޏެވެ. އެ ކުންފުނިން ރާއްޖޭގައި ވަނީ 4ޖީ ތައާރަފުކޮށް އާބާދީގެ ބޮޑު ބަޔަކަށް ދީފަ އެވެ. އަދި އަލަށް ތައާރަފުކުރި 5ޖީގެ ޑެމޯއެއް މީގެ ކުރިން އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގައި ދައްކާލާފަ އެވެ.