ދުނިޔެ

އަރަބި ތިން ގައުމަކަށް ހަތިޔާރު ވިއްކަން އެމެރިކާ ނިންމައިފި

އެމެރިކާއިން ސައުދީ އަރަބިއްޔާ ޔޫއޭއީ، އަދި ޖޯޑަންއަށް ވިއްކަން ހަމަޖައްސާފައިވާ އަށް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ އެމެރިިކާގެ ހައުސް އޮފް ރެޕްރެޒެންޓިވް އިން ދީފި އެވެ.

ހައުސް އެޕް ރެޕްޒެންޓިވް އިން މި ތިން ގައުމަށް ހަތިޔާރުތައް ވިއްކުމުގެ ހުއްދަ ދީފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުތަކަށް ހަތިޔާރު ވިއްކުން މަނާ ކޮށްފައި ވަނިކޮށެވެ. ޓްރަމްޕު އެ ގައުމުތަކަށް ހަތިޔާރު ވިއްކުން މާނާ ކުރީ ސައުދީ އާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރާ ހަނގުރާމައިގައި އިންސާނިއްޔާތައި ހިލާފު ކަންތައް ކުރާތީ ކަމަށް ބުނެ އެވެ.

ޔޫއޭއީ އަދި ޖޯޑަން އަކީ ހޫތީންނާ ހަނގުރާމަ ކުރަން ސައުދީ އިސްވެ އެކުލަވާލި ކޯލިޝަންގެ ބައިވެރިންނެވެ.

ޓްރަމްޕުގެ ނިންމުމާ ދެކޮޅަށް ހައުސް އޮފް ރެޕްރެޒެންޓިވް އިން ނިންމި ނިންމުން ވީޓޯ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ނަމަވެސް ހައުސް އޮފް ރެޕްރެޒެންޓިވް އިން ބުނަމުން ދަނީ ހަތިޔާރު ވިއްކުމުގެ ހުއްދާ ދީފައިވަނީ ހޫތީންނާ ދެކޮޅަށް ސައުދީން ބޭނުންކުރާ ހަތިޔާރުތަށް ނުވިއްކޭ ގޮތަށް ހެނދުމަށް ފަހުގައި ކަމަށެވެ.

ސައުދީއަށް ހަތިޔާރު ވިއްކުން މަނާ ކޮށްފައި ވާކަން ރަސްމީ ގޮތެއްގައި އެމެރިކާއިން އިއުލާން ކޮށްފައި ވަނީ ސައުދީ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ހާޝޮގީ މަރާލުމުގައި ސައުދީ އިސްވެރިންގެ އަތެއްވާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމެރިކާއަށް ލިބުނު ދުވަހު އެވެ.