ހަބަރު

ޖީވައިޕީއޭ ޕްރޮގްރާމުގެ ޝަރަފުވެރި މެހުމާނަކަށް ނަޝީދު

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއާއި، ޔޫތު މިނިސްޓްރީ ގުޅިގެން އިންތިޒާމް ކޮށްގެން ކުރިޔަށްގެންދާ "ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާސް" (ޖީވައިޕީއޭ) ޓްރެއިނިން ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފި އެވެ.

އެ ޖަމިއްޔާއިން ބުނީ، ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ އޮގަސްޓް މަހުގެ 28 އިން 31 އަށް ކުރިޔަށްގެންދާނެ އެ ޕްރޮގްރާމުގެ ތެރެއިން ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނީ އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއަޔާތުގަ އާއި ޕްރޮގްރާމުގެ ތެރެއިން ހުރިހާ ބައިވެރިން ހިމެނޭގޮތަށް ކުރިޔަށްގެންދާ ސްނޯކްލިން އިވެންޓް "ސްނޯކެލް ފޯ ގްލޯބަލް ޕީސް - އައި އޭމް ޕީސް ވިތް މެރިން ލައިފް، ސްޓޮޕް ލިޓަރިން" އިވެންޓްގައި ކަމަށެވެ.