ވިޔަފާރި

ކާލްޓަން ގޭސް ރާއްޖެއަށް ތައާރަފުކޮށްފި

Jul 20, 2019
1

އެމެރިކޭގެ މަޝްރޫއު އުފެއްދުމެއް ކަަމަށްވާ ކާލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

މޯލްޑިވް ގޭހުން ރާއްޖެއަށް ތައާރަފުކުރި ކަލްޓަން ރެފިރިޖަރެންޓް ގޭހުގެ ބާވަތްތަކުގެ ތެރޭ ގޭގޭގައި ބޭނުންކުރާ ގޭހާއި އެއާކޮންޑިޝަނަރަށް ހާއްސަ ގޭސް ހިމެނެ އެވެ. އަދި ކުދި ފިހާރަތަކުގައި ބޭނުންކުރާ ކޫލަރު ފަދަ އާލާތްތަކަށް ބޭނުންވާ ގޭސް ވެސް ހިމެނެ އެވެ. އަލަށް ތައާރަފު ކުރި ގޭހުގެ ބާވްތަތަކުގެ ތެރޭގައި ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގައި ތަކެތި ފިނި ކުރަން ބޭނުންކުރާ ބޮޑެތި ކޯލްޑް ސްޓޯރޭޖުގައި ބޭނުންކުރާ ގޭސް ވެސް ހިމެނެ އެވެ.

ކަލްޓަން ގޭހަކީ އާއްމު ގޭގެ އާއި އިންޑަސްޓްރިއަލް ބޭނުންތަކަށް ގިނަ ބަޔަކު ބޭނުން ކުރާ ގޭހެކެވެ. ކަލްޓަން ގޭސް ތައާރަފު ކުރީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި އިއްޔެ ބޭއްވި ސޭލްސް އިވެންޓެއްގަ އެވެ. މޯލްޑިވް ގޭހަކީ ރާއްޖޭގެ މާކެޓަށް ބޭނުންވާ ގޭހުގެ ބޮޑުބައި ފޯރުކޮށްދޭ ކުންފުންޏެވެ.