ހޮލީވުޑް

"އެވެޓާ" ބަލި ކުރުމަށްފަހު ބޮކްސް އޮފީހުގެ އެއްވަނަ "އެންޑްގޭމް"އަށް

ޑިޒްނީ އާއި މާވެލް ސްޓޫޑިއޯސް އިން އުފެއްދި އެވެންޖާސް - އެންޑްގޭމް ބޮކްސް އޮފީހުގެ ޗާޓުގައި އެއްވަނައަށް އަރައިފި އެވެ. މިދިޔަ ނުވަ އަހަރުވެސް ބޮކްސް އޮފީހުގެ އެއްވަނަައިގައި އޮތީ ޖޭމްސް ކެމެރަންގެ އެވެޓާ އެވެ. އެވެޓާ ބަލި ކުރުމަށްފަހު އެންޑްގޭމް މިހާރު ވަނީ ބޮކްސް އޮފީހުގެ ރަސްކަން އަތުލާފަ އެވެ.

މާވެލްގެ އެންޑްގޭމް އަށް ގްލޯބަލް ބޮކްސް އޮފީހުގައި 2.79 ބިލިއަން ޑޮލަރު މިހާރު ވަނީ ލިބިފަ އެވެ. އެވެޓާއަށް މިހާރު ލިބިފައި އޮތީ 2.78 ބިލިއަން ޑޮލަރެވެ.

މިދިޔަ އޭޕްރީލް މަހު ރިލީޒް ކުރި މި ފިލްމު ވެފައި ވަނީ އިތުރު ރެކޯޑުތަކެއް ވެސް މުގުރާލި ފިލްމަކަށެވެ. އެންމެ ބޮޑު ގްލޯބަލް އޯޕަނިންގެ ގޮތުގައި 1.22 ބިލިއަން ޑޮލަރު ހޯދިި އެވެ. މި ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސްގެ 22 ވަނަ ފިލްމެވެ. އެ ޔުނިވާސްގެ ހުރިހާ ސުޕަހީރޯސްއެއް އެ ފިލްމުން ފެނިގެންދިޔަ އެވެ. މިދިޔަ މަހު ވަނީ އިތުރު ހަ މިނެޓުގެ ފުޓޭޖެއް އިތުރުކޮށް ފިލްމު އަލުން ރިލީޒް ވެސް ކޮށްފަަ އެވެ. އެ ހަ މިނެޓު ބެލުމަށް ޓިކެޓު ގަނެގެން ފިލްމު ބެލި މީހުންވެސް މަދެއް ނޫނެވެ.

ޖޭމްސް ކެމެރަންގެ ވެޓާއިން ވަނީ މާވެލް އަށް މަރުހަބާ ކިޔާފައި --

މި ކާމިޔާބީ އާއެކު މާވެލްް އިން ވަނީ ފޭސްް ހަތަރަކަށް ތައްޔާރުވާކަން ވެސް އިއުލާންކޮށްފަ އެވެ. މާވެލް ޓީމުގެ އާ ޕްރޮޖެކްޓުތައް އިއުލާން ކުރި އިރު ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުރިހާ ފިލްމެއްގެ މަސައްކަތް ނިމޭނެ ކަމަށް ވެސް ބުންޏެވެ. މީގެ ތެރޭގައި ފިލްމާއި ސީރީޒް ވެސް ހިމެނެ އެވެ.

  • ބްލެކް ވިޑޯ: 1 މޭ 2020
  • ދަ ފެލްކަން އެންޑް ވިންޓަ ސޯލްޖާ: ފޯލް 2021
  • ދަަ އެޓާނަލްސް: 6 ނޮވެމްބަރު 2020
  • ޝެންގް ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް: 12 ފެބްރުއަރީ 2021
  • ވެންޑާ ވިޝަން: ސްޕްރިންގް 2021
  • ޑޮކްޓާ ސްޓްރޭންޖް އިން ދަ މަލްޓިވާސް އޮފް މޭޑްނެސް: 7 މެއި 2021
  • ލޯކީ: ސްޕްރިންގް 2021
  • ވަޓް އިފް: ސަމާ 2021
  • ހޯކް އައި: ފޯލް 2021
  • ތޯ، ލަވް އެންޑް ތަންޑާ: 5 ނޮވެމްބަރު 2021