ހަބަރު

ދިރާގުގެ ބައެއް ހިދުމަތްތަކުގައި ދަތިތައް ކުރިމަތިވެދާނެ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގުގެ ބައެއް ހިދުމަތްތައް ލިބުމުގައި މިއަދު ދަތިތަކާއި ކުރިމަތިވާނެ ކަމަށް ދިރާގުން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އިއްޔެ އިން ފެށިގެން ކަސްޓަމަރުންނަށް ވައުޗާ ރީޗާޖް ކުރުމާއި ބެލެންސް ޗެކް ކުރުމާއި ދިރާގު އެޕްލިކޭޝަން ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.