ހަބަރު

ބަރެސްދޫ އަށް ގެއްލުން ދޭތީ ރަށް ބަލަހައްޓާނެ ބަޔަކު ހޯދަނީ

Jul 24, 2019

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ލ. ބަރެސްދޫ ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެމްއައިޓީޑީސީ އިން މި ރަށް ބަލަހައްޓާނެ ބަޔަކު ހޯދަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އެނގިފައިވާ ގޮތުގައި ބަރެސްދޫ ބަލަހައްޓާނެ ބަޔަކު ހޯދަނީ، އެ ތަނަށް ގެއްލުން ދިނުން އާއްމު ކަމަކަށް ވެފައިވާތީ އެވެ.

ބަރެސްދޫއަކީ އިންޓަގްރޭޑެޓް ޓޫރިޒަމް ކޮންސެޕްޓަކަށް ޓޫރިޒަމް މަޝްރޫއެއް ހިންގަން، ފެށި ރަށެވެ. މި ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފުރަތަމަ ކޮށްފައިވަނީ އެމްއެމްޕީއާރުސީ އިންނެވެ. ނަމަވެސް ފަހުން ވަނީ މިރަށުގައި ޓޫރިޒަމް މަޝްރޫއު ހިންގަން އެމްއައިޓީޑީސީ އަށް ހަވާލުކޮށްފަ އެވެ. މި ރަށުގައި ތަރައްގީ ކުރުމަށް ނިންމާފައި އޮތީ 25 އާއި 50 އާ ދެމެދުގެ އަދަދެއްގެ ގެސްޓްހައުސްގެ އިތުރުން، 100 އެނދުގެ ބޮޑު ހޮޓަލެވެ.