ހަބަރު

ކަސްޓަމްސްގެ 22 މަގާމަށް 1،200 މީހުން ކުރިމަތިލައިފި

Jul 24, 2019
2

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން 22 މަގާމަކަށް މީހުން ހޯދަން ހުޅުވާލުމުން އެ 22 މަގާމަށް 1،200 އާ ގާތްކުރާ އަދަދަކަށް މީހުން ކުރިމަތިލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާއިން މީގެ ކުރިން ވެސް ވަޒީފާ ތަކަށް ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު ކުރިމަތިލާ ކަމަށާ، ނަމަވެސް މި ފަހަރު ކުރިމަތިލި އަދަދާ ގާތަށް ލާފައި ނުވާ ކަމަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ މި 22 މަގާމަށް މުވައްޒަފުން ހޮވާނީ ގާބިލު ކަމަށް ބެލުމަށްފަހު ކަމަށެވެ. އަދި އެ އެންމެންގެ ތެރެއިން 22 މީހުން ނެގުމުގައި އެއްވެސް ނުފޫޒެއް އަޔަ ނުދެއްވާނެ ކަމަށެވެ.

ކަސްޓަމަރުން ބުނީ އެޕްރީލް މަހު އިއުލާން ކުރި 22 ވަޒީފާ އަކަށް 1175 މީހުން ކުރިމަތިލި ކަމަށާ، އަދި 2016 ގައި އިއުލާނުކުރި 23 މަގާމަކަށް 1،050 މީހުން ކުރިމަތިލި ކަމަށެވެ. އަދި މިދިޔަ އަހަރު 19 މަގާމަކަށް ހުޅުވާލުމުން 910 މީހުުން ކުރިމަތިލާފައިވާ ކަމަށެވެ.