ހަބަރު

މިއަދު ފާހަގަ ކުރަނީ ސިޔާސީ މިނިވަންކަން: ރައީސް ނަޝީދު

މިއަދު ފާހަގަ ކުރަނީ ސިޔާސީ މިނިވަންކަން ކަމަށާއި، އެކަމަކީ އެހެން ގައުމެއްގެ އިސްތިއުމާރުގައި ރާއްޖެ ނެތުން ކަމަަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ދެއްވި ހިތާބުގައި ވިދާޅުވީ، މިއަދު މި ފާހަގަ ކުރަމުންދަނީ އެހެން ބޭރު ގައުމެއްގެ އިސްތިއުމާރުގައި ދިވެހިރާއްޖެ ނެތްކަން ކަށަވަރުވުން ކަމަށާއި، ދުނިޔެއަކީ ލާމެހިފައިވާ ތަނެއް ކަމަށެވެ. އަދި މިއަދުގެ ދުނިޔޭގައި އެއްގައުމާއި އަނެއް ގައުމާއި ގުޅިގެން މެނުވީ، ގައުމެއްގެ ރައްޔިތެއްގެ ތަރައްގީ ހޯދަން ވަރަށް ދަތިވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެހެން ކަމުން ދިވެހި ރާއްޖެއަކީ އދ.ގެ މެމްބަރުގައުމެއް ކަމަށާއި، ރާއްޖެއަކީ އެހެނިހެން އެތަކެއް ބައިނަލް އަގުވާމީ ޖަމާތްތަކުގެވެސް މެމްބަރެއްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ސަބަބުންވެސް އެހެން ގައުމުތަކާއި ގުޅެންޖެހޭ މިންވަރާއި ގުޅޭ ގުޅުން، އެއީ މިނިވަންކަން މިނެ ކިރުމުގައި މިއަދު ބޭނުން ކުރާ އަސްލެއްނޫން ކަމަށެވެ.

ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބި، އަމިއްލަ ގައުމެއްގެ ގޮތުގައި ރާއްޖެއަށް މަސައްކަތް ކުރުމުގެ ފުރުސަތު މިއޮތީ މާ ސާފުކޮށްވެސް ލިބިފައިކަމަށާއި، ދިވެހިން އެ ފުރުސަތު ކުޑަކޮށްވެސް ގެއްލުވާ ނުލާނެކަމަކީ ކަށަވަރުކަމެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ފިރުކިދާ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއްވެސް އަޅުގަނޑުމެންތެރެއަކު ނުގެންގުޅޭނެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގާނޫނު ތަކުން އަބަދުވެސް މިނިވަންކަމުގެ ދުވަސް ބަދަލުވެ، އައިސްގޮސް ފާހަގަ ވަމުން މިދަނީ. މިއަދުގެ ގާނުނު އަސާސީގައި މި ދުވަސް މިއީ މިނިވަންދުވަހުގެ ގޮތުގައި ސާފު އިބާރާތުން މިއޮތީ ކަނޑައެޅިފައި" ރައީސް ނަޝީދު ވިދާޅުވި އެވެ.