ވިޔަފާރި

ދުސިތް ތާނީ މޯލްޑިވްސް އަށް ވޯލްޑް ލަގްޒަރީ ރެސްޓޯރެންޓު އެވޯޑު

Jul 26, 2019

ރާއްޖޭގެ ދުސިތް ތާނީ މޯލްޑިވްސްގެ މެއިން ތައި ރެސްޓޯރެންޓަށް ވޯލްޑް ލަގްޒަރީ ރެސްޓޯރެންޓު އެވޯޑު ލިބިއްޖެ އެވެ.

ދުސިތް ތާނީ މޯލްޑިވްސް އިން ބުނި ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހު ރަޝިއާގައި އޮތް ވޯލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރެންޓް އެވޯޑު ދިނުމުގެ ހަފުލާގައި އެ ރިސޯޓުގެ ރެސްޓޯރެންޓަށް ލިބިފައިވަނީ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ތައި ރެސްޓޯރެންޓުގެ އެވޯޑެވެ.

ވޯލްޑް ލަގްޒަރީ ރެސްޓޯރެންޓު އެވޯޑު 2015 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާއިރު، މި އެވޯޑު ދިނުުމުގައި ގާތްގަނޑަކަށް ލައްކައެއްހާ މީހުން ވޯޓުދެ އެވެ.

މިއީ ތައި ރެސްޓޯރެންޓުގެ މި އެވޯޑު އެ ރިސޯޓަށް ލިބުނު ދެވަނަ އަހަރު ކަމަށެވެ.

ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ހިމާޔަތް ކޮށްފައިވާ ބ. އަތޮޅު މުއްދޫގައި ދުސި ތާނީ އިންޓަނޭޝަނަލް އިން ހިންގާ މި ރިސޯޓުގައި 94 ވިލާ ހުރެ އެވެ.