ހަބަރު

ސަން ފްރަންޓް ބައިކްސް އަލުން ހުޅުވައިފި

Jul 26, 2019

ރާއްޖޭގައި ބައިސްކަލް ވިޔަފާރި ކުރާތާ 30 އަހަރުވެފައިވާ މަޝްހޫރު ފިހާރަ ސަންފޮރޮންޓުގެ "ސަން ފްރަންޓް ބައިކްސް" ގެ އާ ޝޯރޫމް މިއަދު ހުޅުވައިފި އެވެ.

މަޖީދީމަގުން ކުރީގެ ސްޓާ ސިނަމާ ކުރިމަތިން މިއަދު ހަވީރު ހުޅުވި ސަންފްރޮންޓްގެ ޝޯރޫމަކީ "ސަން ފްރަންޓް ލިވިން" ގެ ކުރިމަތީގައި ހިންގި ސަން ފްރަންޓް ބައިކްސް ޝޯރޫމް ރީލޮކޭޓްކޮށް ހުޅުވިއިރު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ އެކި ބްރޭންޑްތަކުގެ ބައިސިކަލް ލިބެން ހުރެ އެވެ. މީގެ އިތުރުން ތިމާވައްޓާ ރައްޓެހި ބެޓެރި ސައިކަލާއި ތުއްތު ކުދިންގެ ސްޓްރޯލާތައް ފަދަ ސާމަނު މި ފިހާރަ އިން
ލިބެ އެވެ.

އަދި އަލުން ހުޅުވި އިރު ކުރިން ވެސް ވިއްކަމުން އައި ކުޑަކުދިންގެ ބައިސިކަލާއި މައުންޓަން ބައިކާއި ކާގޯ ބައިކް އަދި ރޭސް ޖަހަން ބޭނުން ކުރާ ސުޕާ ފާސްޓް ބައިސިކަލް ވެސް ޝޯރޫމްގައި ހިމަނާފައި ވެއެވެ.

ބައިސްކަލްގެ ހުރިހާ ސްޕެއާ އެއް ހޯލްސޭލްކޮއް އަދި ރީޓެލްކޮށް ލިބޭ ސަން ފްރޮންޓް ބައިކްގެ އާ ޝޯރޫމް ހުޅުވައިދޭން މިއަދު ރިބަން ކަނޑާފައިވަނީ ކުޑަކުދިންތަކެކެވެ.

މިއަދު ހުޅުވި ޝޯރޫމްގައި ކުޑަކުދިންނަށް ހާއްސަކޮށް ހަވީރެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެ ހަވީރުގައި ކުލަ ޖެއްސުމާއި ކުރުހުމާ، ފޭސް ޕެއިންޓިންގެ އިތުރުން ޝޯރޫމްގައި ހުރި ބައިސްކަލްތައް ދުއްވުމުގެ ފުރުސަތު ކުޑަކުދިންނަށް ދިނެވެ. އަދި ހަވީރުގައި ބައިވެރިވި ކުދިންނަށް ހަދިޔާވެސް ބެހި އިރި ރޮބޯމޭން އާއު ބައުންސިލް ކާސަލް ވެސް ކުޅިވަރުތަކުގައި ހިމަނާފައި ވެއެވެ.