ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލުގައި އެފްއެންބީ އައުޓްލެޓްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަނީ

ދަރުމަވަންތަ ހޮސްޕިޓަލުގައި އެފްއެންބީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އެދި އިއުލާން ކޮށްފި އެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނުގައި ބުނީ އެފްއެންބީގެ ހިދުމަތް ދޭން ހަމަޖައްސާފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެޒޭނިއަން ފްލޯގަ އާއި ދެ ވަނަ ފްލޯގައި ކަމަށެވެ. މެޒޭނިއަން ފްލޯގެ އެފްއެންބީ އައުޓްލެޓްގަ 513 އަކަފޫޓް ހުންނަން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި ދެވަނަ ފްލޯގެ އައުޓްލެޓްގަ 818 އަކަފޫޓް ހުންނަން ޖެހޭނެ ކަމަށް ވެސް އައިޖީއެމްޗުން ވަނީ ބުނެފަ އެވެ.

ދަރުމަންވަތް ހޮސްޕިޓަލުގައި އެފްއެންބީގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ބިޑް ކުރުމުގެ ފޯމު އޮގަސްޓް އެއް ވަނަ ދުވަހުން ފެށިގެން އޮގަސްޓް 29 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.

ބިޑް ފީގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖެހޭ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި އޮގަސްޓް މަހުގެ ކުރިން މަސައްކަތުގެ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ބިޑްފީ ނުނަގާނެ ކަމަށްވެސް އައިޖީއެމްއެޗުގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.