ހަބަރު

އައްޑޫގައި އާސަންދައިގެ "ވިނަަވި" ޕޯޓަލް ގާއިމު ކުރަނީ

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހުރިހާ ތަންތަން އާސަންދައިގެ މައި އޮފީހާއި ގުޅާލާ އޮންލައިން ޕޯޓަލް "ވިނަވި" އައްޑޫ ސިޓީގައި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ގާއިމް ކުރަން އާސަންދައިން މަސައްކަތް ފަށައިފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އިފްތިތާހު ކުރި ވިނަވި ޕޯޓަލް އަކީ، ބަލިމީހާ ޑޮކްޓަރަށް ދައްކަން މެމޯ ހައްދާ ހިސާބުން ފަށައިގެން، ފަރުވާ ނިމެންދެން ހިނގާ ހުރިހާ މުއާމަލާތެއް ފަސޭހައިން ފެންނަން ހުންނަ ޕޯޓަލް އެކެވެ. އަދި އާސަންދަ ސްކީމުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް "ވިނަވި ކަސްޓަމާ ޕޯޓަލް" އިން ފެންނާނެ ގޮތްވެސް ހަމަޖައްސާފައި ވެއެވެ.

މިހާރު މަސައްކަތް ކުރަނީ އައްޑޫ ސިޓީގައި ސަރުކާރުން ހިންގާ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގައި ވިނަވި ޕޯޓަލް ބޭނުންކުރަން ފަށާ ށެވެ. އޭރުން ސިއްހީ ހުރިހާ މަރުކަޒުތައް ޕޯޓަލް އިން ގުޅާލެވޭނެ އެވެ. މި ހިދުމަތް ގާއިމް ކުރަން އިއްޔެ އާއި މިއަދު އާސަންދައިގެ ޓީމެއް އައްޑޫގައި މަސައްކަތް ކުރާނެ އެވެ.

އައްޑޫގެ އިތުރުން ހަ އަތޮޅެއްގެ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒެއްގައި މި ޕޯޓަލް ބޭނުން ކުރެ އެވެ.