ހަބަރު

ފަސް މެންބަރަކަށް ސެކިއުރިޓީ ދޭން ފަށައިފި

Aug 1, 2019

ރައްޔިތުން މަޖިލީހުގެ ފަސް މެންބަރަށް އެމްއެންޑީއެފް އިން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

މަޖިލީހުގެ ޑިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "އަވަސް"އަށް ވިދާޅުވީ ފަސް މެންބަރަކަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގައި މަޖިލީހުން އެދިފައިވާ ކަމަށާއި އެ މެންބަރުންނަށް މިހާރު ސިފައިންގެ ސެކިއުރިޓީ ހަމަޖައްސައިދީފައިވާ ކަމަށެވެ. ނަމަވެސް ސެކިއުރިޓީ ދޭން ޖެހުނީ ކީއްވެ ކަމެއް އަދި އެއީ ކޮން މެންބަރުންނެއް ކަމެއް ވެސް ހާމައެއް ނުކުރި އެވެ.

"ސެކިއުރިޓީ ފޯރުކޮށްދޭން ރިކުއެސްޓު ކުރުމުން އަޅުގަނޑުމެން އެކަން ޑިފެންސްއަށް އެންގިން. އަދި މިހާރު އެކަން ވަނީ ހަމަޖެހިފައި،" ޒިޔާއު ވިދާޅުވި އެވެ.

މިއީ 19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ސިފައިން ސެކިއުރިޓީ ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. ނަމަވެސް 18 ވަނަ މަޖިލީހުގައި ބައެއް މެންބަރުންނަށް ބިރުދައްކައިގެންނާއި އިންޒާރާއި ހަމަލާއެއް ދީފާނެތީ ވަނީ ސެކިއުރިޓީ ފޯރުކޮށްދީފަ އެވެ.