ހަބަރު

މާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގައިފި

އައިޖީއެމްއެޗް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްއިން ނެއްޓި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއަދު 11:45 ހާއިރު އައިޖީއެމްއެޗް ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްއިން ނެއްޓި އެ މަގުގައި ހުރި ރުކެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވީ ސައިކަލު ފަހަތުގައި އިން 18 އަހަރުގެ ފރިހެނަކަށް ކަމަށާއި އޭނާގެ އަތުގެ އިނގިލިތައް މަށައިގެން ގޮސްފައިވާ ކަމަށެވެ. އަދި ބުނީ ސައިކަލު ދުއްވަން އިނީ ލައިސަންސް އޮންނަ މީހެއް ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށެވެ.