ހަބަރު

އީދު ބަންދުގެ ބުދަ ދުވަހު އެމްއައިބީ އިންވެސް ހިދުމަތްދޭނެ

ކުރިއަށްއޮތް އަލްހާ އީދުގެ ބަންދުގެ ތެރެއިން 14 ވާ ބުދަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗުތަކުން ހިދުމަތް ފަށާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީ އިން ބުނީ މިމަހުގެ 14 ވާ ބުދަ ދުވަހު އެ ބޭންކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ފަށާނެ ކަމަށާއި އެއްވެސް ދައްޗެއް ނެތި ބެންކުގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި، އެމްއައިބީގެ ހުރިހާ ބްރާންޗަކުންވެސް އެދުވަހު ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން އަވަސް އަށް މަައުލޫމާތު ދިނެވެ.

އިސްލާމިކް ބޭންކުން މިދިޔަ މަހު ވަނީ އާއްމުންނަށް ހިއްސާ ވިއްކަން ފަށާފަ އެވެ. އެ ބޭންކުގެ ހިއްސާ އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އަދަދު އިތުރު ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްފަ އެވެ.

ބޮޑު އީދު ދުވަހަކީ އަންނަ ހަފްތާގެ 11 ވަނަ ދުވަހެވެ. އޮގަސްޓު 15 ވަނަ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމުން އީދު ދުވަހުގެ ކުރިން އޮންނަ ހަފްތާ ބަންދާއެކު، އީދު ޗުއްޓީއަށް ޖުމްލަ ނުވަ ދުވަސް ލިބޭނެ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އޯގަސްޓް 10 ވާ ހޮނިހިރު ދުވަހެވެ.