ދުނިޔެ

ސީރިއާގައި އައިއެސް ދަނީ އަލުން ބާރު ގަދަވަމުން: ޕެންޓަގަން

ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ސީރިއާގައި އަލުން ބާރުގަދަ ކުރަމުންދާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ބުނެފި އެވެ.

ޕެންޓަގުން އާންމުކުރި ރިޕޯޓެއްގައި ބުނީ، އައިއެސް ގާއިމްވެ އުޅުނު ސަރަހައްދުތަކުގެ ބާރު އެމީހުންގެ އަތުން ގެއްލި، ހަނގުރާމާ ކުރުމުގެ ބާރު ނެތް ނަމަވެސް ކުރިން އޮތް ވަރަށް އައިއެސް ބާރުގަދަވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސީރިއާ އާއި އިރާގުގައި އައިއެސްގެ އޮޕަރޭޝަންތައް ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕެންޓަގަނުން ބުންޏެވެ.

އައިއެސް އަލުން ބާރުގަދަވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕެންޓަގުން ބުނެފައި މިވަނީ، އައިއެސް އެއްކޮށް ނައްތާލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވިތާ ފަސް މަސް ފަހުންނެވެ. ފަހުގެ ރިޕޯޓާއެކު ޓްރަމްޕު ވިދާޅުވީ، ސިރިއާ އަށް އެމެރިކާގެ 3،000 ސިފައިން ފޮނުވާނެ ކަމަށެވެ. އަދި އައިއެސް ބާރުގަދަ ވުމުގެ ކުރިން ނައްތާލާ ސީރިއާ ސަރުކާރަށް އެމީހުންނާ މެދު އަމަލުކުރާނެ ގޮތުގެ ފުލް ކޮންޓޮރޯލް ދޭނެ ކަމަށެވެ.

ސީރިއާގައި މިހާރުވެސް ކޮންމެ ވެސް ވަރަކަށް އެމެރިކާގެ ސިފައިން އެބަތިއްބެވެ. ނަމަވެސް ޕެންޓަގަނުން ގަބޫލުކުރާ ގޮތުގައި ތުރުކީވިލާތުން ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ މަސައްކަތުގެ ސަބަބުން އެމެރިކާއަށް އަލަށް އުފެދެން އުޅޭ އައިއެސް ބަލިކުރަން އުދަގޫވާނެ ކަމަށެވެ.

ނުރައްކާތެރި އައިއެސް އެއްކޮށް ނައްތާލެވިއްޖެ ކަމަށް ޓްރަމްޕު ވިދާޅުވި އިރުވެސް، އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކު އަލް ބަގްދާދު ވަނީ ފިލާފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އެހާވަރަކަށް އެމެރިކާއިން ކޮށްފައެއް ނުވެ އެވެ.