ހަބަރު

ގދ އަތޮޅު ސްކޫލްގެ ކަލްޗަރަލް ވިލެޗް ރޯކޮށް އަނދާލައިފި

ގދ ގައްދޫގައި ހުންނަ އެ އަތޮޅު ސްކޫލް ކުރިމަތީގައި ދަނޑިފަނުން ހަދާފައިވާ ގެތަކެއްގައި ރޭ ރޯކޮށްލައިފި އެވެ. އެއީ އެ ސްކޫލްގެ ބެލެނިވެރިންގެ މަސައްކަތުން ހަދާފައިވާ ކަލްޗަރަލް ވިލެޖެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 3:08 ހާއިރު އެ ސަރަހައްދަށް ގޮއްސަ އާންމުންގެ އެހީތެރިކަމާއެކު ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ހުރި ގެތަކުގެ ތެރެއިން އެއްގެ ފިޔަވާ ހުރިހާ ގެއެއް އަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.