ހޮލީވުޑް

އެމާ އާއެކު "ލިޓްލް ވިމެން" ދައްކާލައިފި

"މީ މެގް އޭމީ ބެތު އެންޑް ޖޯ" ފިލްމުގެ ޓްރެއިލާ ފައްޓަނީ މިހެނެވެ.

ކްލެސިކް ނޮވެލް އަކަށް ގްރެޓާ ގާވިގް ލިޔެ ޑައިރެކްޓު ކުރާ "ލިޓްލް" ވިމެންގެ ޓްރެއިލާ ދައްކާލައިފި އެވެ. ތިން މިނެޓުގެ ޓްރެއިލާ އިން އެމީހުންގެ ނަންތަކުގެ އިތުރުން މައި ލީޑުތަކުގައި އުޅޭ މީހުން ނުވަތަ އެއްބަނޑު ބެއިންގެ ކެރެކްޓާ ވަރަށް ފުރިހަމައަށް ފެނިގެން ދެ އެވެ.

ލުއީސާ މޭ އަލްކޮޓްގެ 1869 ގައި ނެރުނު މި ނޮވެލް އަކީ އެމެރިކާގައި ހަނގުރާމައަށް ފަހު، އެމީހުންގެ ބައްޕަ މަރުވުމާ ދިރިއުޅުމުގައި ދިމާވާ ކަންކަން ކިޔަދޭ ވާހަކަ އެކެވެ. ޅަ އުމުރުން ފަށައިގެން ޒުވާނަކަށް ބަދަލުވުމާ ހިސާބަށް ދިމާވާ އެކި ހާދިސާތައް ވަނީ ވާހަކައެއްގެ ސިފައިގައި ގެނެސްދީފަ އެވެ. "ލިޓްލް ވިމެން" އަކީ ސްކޮލަރުންގެ މެދުގައިވެސް މަގުބޫލު އަދި މަޝްހޫރު ނޮވެލް އެކެވެ.

މި ފިލްމުގައި ހަތަރު ބެއިންގެ ތެރެއިން އެންމެ ދޮށީ ދައްތަ، މެގް ގެ ރޯލުން ފެންނަނީ އެމާ ވޮޓްސަންއެވެ. އެލައިޒާ ސްކަލެން ކުޅެނީ ބެތުގެ ރޯލެވެ. އަދި، އޭމީ ގެ ރޯލުން ފެންނަނީ ފްލޮރެންސް އެވެ.

މި އަހަރު ރިލީޒް ކުރާ މި ފިލްމުގެ ކުރިންވެސް ވަނީ މި ވާހަކައަށް ފިލްމު އުފައްދާފަ އެވެ. 1933 ގައި ޑައިރެކްޓަރު ޖޯޖް ކުކޯ ނެރުނު ފިލްމާއި، 1994 ގައި ގިލިއަން އާމްސްޓްރޯން ނެރުނު ފިލްމު ހިމެނެ އެވެ. އަދި، 2017ގައި ވެނެސާ ކަސްވިލް ޑައިރެކްޓުކޮށް މިނީ ސީރީޒްއެއްވެސް ވަނީ އުފައްދާފަ އެވެ.

ގާވިގްގެ "ލިޓްލް ވިމެން" ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަގުގެ 25 ގަ އެވެ.