ދުނިޔެ

ގޫގްލްގެ އިންޓަނެޓް "ފުއްޕާހަން" މަޝްރޫއާއެކު ލަންކާ ތާރީހުގެ ތެރެއަށް

Jul 31, 2015

ސައިޒުގައި 65000 އަކަ ކިލޯމީޓަރު ހުރި އަދި 23 މިލިއަން މީހުން ދިރިއުޅޭ ގައުމުގެ ޖައްވުގައި 19 ކިލޯމީޓަރު މަތީގައި ބަހައްޓާނެ މި ބެލޫންތައް "ހަރުކޮށްފައި" ހުންނާނީ ބިންމަތީގައި ހުންނަ ސްޓޭޝަންތަކަކުން މައްޗަށް އަރުވާފައި ހުންނަ "ވާތަކަކުން"ނެވެ. އަދި މިއިން ކޮންމެ ބެލޫންއަކުން 40 ކިލޯމީޓަރުގެ ރޭޑިއަސް ނުވަތަ ވަށަ ސަރަހައްދަކަށް އިންޓަނެޓް ސިގްނަލް ފޮނުވައިދޭނެ އެވެ. ޖައްވުގައި 19 ކިލޯމީޓަރު މަތީގައި ބެހެއްޓުމުން މީގެ މާނައަކީ މި ބެލޫންތައް ހުންނާނީ ފަސިންޖަރުން އުފުލާ މަތިންދާބޯޓުފަހަރު ދަތުރު ކުރާ އުސްމިނަށް ވުރެ ދެ ގުނަ މަތީގައި ކަމެވެ. 

އެއް ބެލޫނުން އަނެއް ބެލޫނަށް ސިގްނަލް ފޯރުކޮށްދީގެން މުޅި ގައުމަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މި މަޝްރޫއުގެ ދަށުން ލަންކާގައި މިހާރު އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތައް ވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން މި މަޝްރޫއުގައި ބައިވެރިވާނެ ކަމަށްވެ އެވެ.

ގޫގްލްގެ މި ތާރީހީ އާ މަޝްރޫއުގައި ތައްޔާރު ކުރެވޭ މީގެ ބެލޫންތައް ކޮންމެ 100 ދުވަހުން އެއް ފަހަރު އާކުރަން ޖެހެއެވެ.