ދުނިޔެ

ހަ މަހުގެ އެމެރިކާ ކުއްޖަކަށް މަސްވެރިކަމާއި ޝިކާރަ ކުރުމުގެ ހުއްދަ ލިބިއްޖެ

Aug 1, 2015

ޑޭލަން ބްރިކްލީގެ ކާފައަށް މި ގަވައިދާ ބެހޭ ހަބަރު ލިިބިގެން ލައިންސަންސް ދޫކުރި ފުުރަމަތަ ދުވަސް ކަމަށްވާ ޖުލައި 23 ވަނަ ދުވަހު ވަނީ ޑޭލަންއަށް މި ލައިސަންސް ގަނެދީފަ އެވެ.

މި ގަވައިދުގެ ދަށުން އުމުރުން އެއް އަހަރު ނުވާ ކުދިންނަށް ވެސް މުޅި އުމުރު ދުވަހަށް މަސްވެރިކަމާއި ޝިކާރަ ކުރުމުގެ ހުއްދަ ދޫކުރެއެވެ.

ނަމަވެސް ޑޭލަން އަށް މަސްވެރިކަމުގައި އަމަލީ ގޮތުން ބައިވެރިވެވޭނީ އޭނާގެ އުމުރުން 16 އަހަރު ވުމުން ކަމަށާއި އަދި ޝިކާރަ ކުރެވޭނީ އެ ސްޓޭޓްގައި ހިންގާ މި ފަދަ ކޯހެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް ގަވައިދުގައިވެ އެވެ.

މުޅި އުމުރު ދުވަހަށް ދޫކުރެވޭ މި ލައިސަންސުގެ އަގަކީ 300 އެމެރިކާ ޑޮލަރު (4626ރ.) އެވެ. އަދި މީގެ އިތުރުން 4.50 ޑޮލަރު (69 ރ.) ފީއެއްގެ ގޮތުގައި ދައްކަން ޖެހެ އެވެ. އަހަރަކު އެއް ފަހަރު ދޫކުރާ މި ބާވަތުގެ ލައިސަންސެއްގެ އަގަކީ އަހަރަކަށް 46 ޑޮލަރު (709 ރ.) އެވެ.