ވިޔަފާރި

ތްރީޑީ ފޮޓޯ ނެގޭ ވާވޭ ވައި9 ޕްރައިމް ރާއްޖެ އަށް

Aug 16, 2019
2

ތްރީޑީކޮށް ފޮޓޯ ނަގާލެވޭ، ވާވޭ ވައި 9 ޕްރައިމް ފޯނު މެކްސްކޮމް ޓެކްނޮލޮޖީސް އިން ވިއްކަން ފަށައިފި އެވެ.

ވާވޭ ފޯނުތަކުގެ ރާއްޖޭގެ އެޖެންޓު މެކްސްކޮމް އިން ވިއްކާ "ވާވޭ ވައި 9 ޕްރައިމް" ފަރުމާކޮށްފައިވަނީ އެހެން ސްމާޓް ފޯނުތަކެކޭ އެއްގޮތަށް އަތަށް ހެޔޮވަރުކޮށް މުހިންމު ގިނަ ސިފަތަކެއް ހިމަނައިގެންނެވެ. މި ފޯނަކީ ވެސް ފަސޭހަކަމާއެކު ގޭމް ކުޅެލެވޭ ފާސްޓް ފޯނެކެވެ. ފޯނުގައި ހަތަރު ޖީބީގެ ރެމްއަކާއި 64 ޖީބީ އަދި 128 ޖީބީގެ ސްޓޯރޭޖެއް ހިމެނެ އެވެ.

"ވާވޭ ވައި 9 ޕްރައިމް" ގައި ހިމެނޭ އަނެއް މުހިންމު ސިފައަކީ 4،000 އެމްއޭއެޗްގެ ބެޓެރީއެއް ހިމަނާފައިވުމެވެ. އެހެންވެ މި ބެޓެރީގެ ސަބަބުން ފޯނު ފުލް ޗާޖުކޮށްލުމަށްފަހު ގާތްގަނޑަކަށް 16 ގަޑިއިރު ޗާޖު ހިފަހައްޓާދެ އެވެ. ފިންގަ ޕްރިންޓް ސްކޭނާއެކު ހިމަނާފައިވާ މި ފޯނުގެ ކެމެރާ އިން މި ފޯނު ހާއްސަ ވެ އެވެ. ފޯނުގައި ތިން ކެމެރާއެއް ހުރެ އެވެ. އަދި ކެމެރާ އޮންކޮށްލުމުން މައްޗަށް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ "ޕޮޕްއަޕް" ފްރަންޓް ސެލްފީ ކެމެރާއަކީ މީގެ ހާއްސަ އެއް ސިފަ އެވެ. މި ކެމެރާގައި 16 އެމްޕީ ހުރެ އެވެ. އެހެންވެ މި ފޯނަކީ ވާވޭގެ ގިނަ ފޯނުތަކެކޭ އެއްގޮތަށް ފޮޓޯ ނަގަން ހާއްސަ ފޯނަކަށްވެ އެވެ. މި ފޯނުގައި ވެސް ރޭގަނޑުގެ ފޮޓޯ ނަގަން ހާއްސަކޮށް ނައިޓް މޯޑެއް ހިމެނާފައިވެ އެވެ. ނައިޓް މޯޑް އޮން ކޮށްލުމުން ރޭގަނޑުގެ ކުލަތައް ރީތިކަން ފެނެ އެވެ. މި ފޯނު މަގުބޫލުވެފައިވަނީ "ތްރީޑީ ޕޯޓްރެއިޓް" ފޮޓޯ ނެގޭ ފޯނެއްގެ ގޮތުގަ އެވެ.

ދެން އޮތީ މި ފޯނުގެ އަގުވެ ވާހަކަ އެވެ. މި ފޯނު ރާއްޖޭގެ މެކްސްކޮމް ފިހާރަ އިން 3,890ރ. އަށް ލިބެ އެވެ. އަދި މި ފޯނު ވެސް އިންސްޓޯލްމަންޓް ސްކީމް ތަކުން ލިބެން ހުރެ އެވެ.