ވިޔަފާރި

ފައިނޭންޝަލް ކޮންޓްރޯލާ ރަޒީނާ އަށް ބޭރުގެ ޝަރަފުވެރި އެވޯޑެއް

Aug 17, 2019
2

ރާއްޖޭގެ ފައިނޭންޝަލް ކޮންޓްރޯލާ ފާތުމަތު ރަޒީނާ އަށް ބޭރުގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފައިނޭންޝަލް ކޮންޓްރޯލާ ފާތުމަތު ރަޒީނާ އަށް ލިބިވަޑައިގެންފައިވަނީ ވޯލްޑް ވުމެން ލީޑާޝިޕް ކޮންގްރެސް އެންޑް އެވޯޑްސް ކަމަށެވެ. މި އެވޯޑު ރަޒީނާ އަށް ހަވާލު ކުރީ ސިންގަޕޫރުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި އެވޯޑު ރަޒީނާގެ އިތުރުން ބޭރުގެ ފާހަގަ ކޮށްލެވޭ އެހެން ބޭފުޅުންނަށް ވެސް ލިބިފައިވެ އެވެ.

ވޯލްޑް ވުމެން ލީޑާޝިޕް ކޮންގްރެސް އެންޑް އެވޯޑްސްއަކީ ދުނިޔޭގައި ފާހަގަ ކޮށްލެވޭ މީހުންނަށް ދޭ ހާއްސަ އެވޯޑެކެވެ. މި އެވޯޑުދޭ ދާއިރާތަކުގެ ތެރޭގައި އިޖުތިމާއީ ދާއިރާ އާއި ސިއްހީ އަދި ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާ ހާއްސަ ފަރާތްތައް ވެސް ހިމެނެ އެވެ.