ހަބަރު

ށ. ފަރުކޮޅުގައި ބަނގުރާ ބޮއެގެން ދެ މީހަކު ހައްޔަރުކޮށްފި

Aug 17, 2019

ށ. ފަރުކޮޅުގައި ބަނގުރާ ބޭނުންކޮށްގެން މަސްތުވެގެން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަނގުރާ ބޭނުންކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން 16 ވަނަ ދުވަހުގެ ރޭ 12:15 ހާއިރު ފުލުހުން އޮޕަރޭޝަނެއް ހިނގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.