ހަބަރު

ހެލްމެޓު އަޅައިގެން ސަލާން ޖަހަން އުޅުނު މީހަކު ހައްޔަރުކޮށްފި

Aug 17, 2019

މާލޭގައި ސަލާން ޖަހަން އުޅުނު ދިވެހި އަންހެނަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަޖީދީމަގު ބެންކް އޮފް މޯލްޑިވްސް ހިސާބުގައި މިއަދު ހަވީރު ހެލްމެޓު އަޅައިގެން ސަލާން ޖަހަން އުޅުނު އަންހެނަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސަލާން ޖަހަން ހުއްޓާ ފުލުހުން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.