ހަބަރު

މި އަހަރުގެ އެންމެ ފޮޓޯ ރީތި ފޯނުގެ އެވޯޑު ވާވޭ ޕީ30 ޕްރޯ އަށް

Aug 18, 2019
2

މި އަހަރު މިހާތަނަށް ދުނިޔޭގައި ނެރުނު ފޯނުތަކުގެ ތެރެއިން، އެންމެ ރީތިކޮށް ފޮޓޯ ނެގޭ ފޯނުގެ އެވޯޑު ވާވޭ ޕީ30 ޕްރޯއިން ހޯދައިފި އެވެ.

އެކްސްޕާޓް އިމޭޖިން އެންޑް ސައުޑް އެސޯސިއޭޝަން (އީއައިއެސްއޭ) އިން ދޭ "ބެސްޓް ސްމާޓް ފޯނު އޮފް ދި އިޔާ" ގެ އެވޯޑު ޕީ30 ޕްރޯއަށް ލިބިފައިވަނީ މި ފޯނުގައި ހިމަނާފައިވާ ލޯލައިޓުގައި ފޮޓޯ ނެގޭ ފީޗާގެ ސަބަބުންނެވެ.

ވާވޭ ޕީ30 ޕްރޯ ހާއްސަވަނީ ދުނިޔޭގައި މިހާތަނަށް ފޯނެއްގައި ހިމަނައިގެން އުފެއްދި އެންމެ ވަރުގަދަ ކެމެރާ ހިމަނާފައިވާތީ އެވެ. މި ފޯނުން ނަގާ ފޮޓޯ 50 ގުނަ އަށް ޒޫމް ކޮށްލި ނަމަވެސް ފޮޓޯ ފަޅައިގެން ނުދިއުމާއި ވީޑިއޯ ރޫޅިގެން ނުދެ އެވެ. މި ފޯނަކީ ސެލްފީ ނަގަން ހާއްސަ ފޯނެއްގެ ގޮތުގައި ވަނީ މަގުބޫލުވެފަ އެވެ. ސަބަބަކީ ފޯނުގެ ކެމެރާތަކުގެ ބާރު ގަދަވުމެވެ. މި ފޯނުގެ ސެލްފީ ކެމެރާގައި 32 މެގަ ޕިކްސްއެލް ހުރެ އެވެ. ސެލްފީ ކެމެރާ އިން ވެސް އިން އެންމެ ފުރިހަމަކޮށް އެޗްޑީ ކޮލިޓީގައި އަނދިރީގައި ފޮޓޯ ނަގާލެވެ އެވެ.

ޗައިނާގެ ވާވޭ ކުންފުނީގެ މި ފޯނަކީ މިހާރު ބާޒާރުގައި ގެންގުޅޭ އެންޑްރޮއިޑް ފޯނުތަކާ އެއް ސައިޒެއްގެ ފޯނެވެ. މި ފޯނުގެ ޑިސްޕްލޭ ގެ ސައިޒަކީ 6.47 އިންޗި އެވެ. ދެން އޮތީ މި ފޯނުގެ ހާއްސަ އަނެއް ސިފަ އެވެ. އެއީ ބެޓެރި އެވެ. މީގެ ބެޓެރީގައި 4200 އެމްއޭއެޗް ހުރެ އެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ އަވަހަށް ވަޔަލެސްކޮށް ޗާޖު ކޮށްލެވޭ ފޯނަށް ވާނެ ކަމަށް ރިވިއުތަކުގައިވެ އެވެ. މި ފޯނު 30 މިނެޓު ތެރޭ ވާވޭގެ ސުޕަޗާޖު ވަޔާ ޗާޖި އިން ޗާޖު ކޮށްލެވެ އެވެ.