ހަބަރު

އެންސްޕާ ޖެންޑާގެ ދަށަށް ބަދަލު ކުރަން ފާސްކޮށްފި

Aug 21, 2019
1

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖަންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިޖްތިމާއީ ސިއްހީ އިންޝޫރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު މިހާރު އޮޮންނަ ގޮތުން އެންސްޕާ ހިނގަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަަވެސް ސަރުކާރު ފަރާތުން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ބިލު ތަސްދީގު ކުރާ ފަހުން އެ އިދާރާ ހިންގާނީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ނެގި ވޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 62 މެންބަރުންގެ އިއްތިފާގުންނެވެ.

އެންސްޕާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ފަގީރުންނާއި އެކަނިވެރި މައިންނަށް މާލީ އެހީތެރިކަން ދޭ އެޖެންސީއެކެވެ. އަދި ހުސްނުވާ އާސަންދަގެ ހިދުމަތް ވެސް ދެމުން އަންނަނީ އެންސްޕާ އިންނެވެ.