ހަބަރު

ޓެކްސީއެއްތެރޭ ބެހެއްޓުނު އެއްލައްކަ ރުފިޔާ ހޯދައިދީފި

Aug 24, 2019
1

ޓެކްސީއެއްގެ ތެރޭގައި މީހަކަށް ބެހެއްޓުނު އެއް ލައްކަ ރުފިޔާ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެއްލައްކަ ރުފިޔާ ހުރި ދަބަހެއް ޓެކްސީއެއްގެ ތެރޭގައި ބެހެއްޓިގެން އެކަން މިއަދު ހަވީރު ރިޕޯޓް ކުރި ކަމަށެވެ.

އަދި ބުނީ ފުލުހުންގެ ސީރިއަސް އެންޑް އޯގައިނައިޒް ކްރައިމް ޑިޕާޓްމަންޓުން ސީސީޓީވީ ފުޓޭޖްގެ އެހީގައި އެ ޓެކްސީ ހޯދާ އެ ފައިސާތައް ހަމަކޮށް އޭގެ ވެރި ފަރާތާ ފައިސާތައް ހަވާލު ކޮށްފައިވާ ކަމަށެވެ.