ހަބަރު

އިތުރަށް އެދުނީ 1.7 ބިލިއަން ރުފިޔާގެ ބަޖެޓަކަށް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނީ 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަން އެނގިއްޖެ އެވެ.

މި އަހަރަށް ހަރަދު ވާނެ ކަމަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. އެހެން ނަމަވެސް ސަރުކާރުން މިއަދު ވަނީ އިތުރު 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުން މަޖިލީހުގައި އެދިފަ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މިހާތަނަށް ބަޖެޓުން 13.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި މިދިޔަ އަށް މަސް ތެރޭގައި 1.9 ބިލޔަން ރުފިޔާގެ ބޭރު އެހީ ދައުލަތަށް ވަނީ ލިބިފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި ވަނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ނިންމައި، މާދަމާ ރޭ ބަޖެޓު ފާސް ކުރުމަށެވެ.