ވިޔަފާރި

ހިއްސާގެ ބާޒާރު ވަރުގަދަ ކުރަން މުހިންމު ދެ ގަވާއިދެއް ނެރެފި

Aug 28, 2019
1

ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ވަރުގަދަ ކުރަން ބޭނުންވާ މުހިންމު ދެ ގަވާއިދެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހަދައި ގެޒެޓުކޮށްފި އެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓީޒާބެހޭ ގާނޫނުން ބާރު ލިބިގެން ސީއެމްޑީއޭ އިން އެކުލަވާލާފައިވާ ދެ ގަވާއިދަކީ ސެކިއުރިޓީޒް ދޫކުރާ ފަރާތުން މައުލޫމާތު ހާމަ ކުރުމާބެހޭ ގަވާއިދާއި ލިސްޓްކޮށްފައިވާ ހިއްސާ، ބާޒާރުން ބޭރުގައި ގަނެ ވިއްކުމާބެހޭ ގަވާއިދެވެ.

ލިސްޓްކޮށްފައިވާ ހިއްސާ، ބާޒާރުން ބޭރުގައި ގެނެ ވިއްކުމާބެހޭ ގަވާއިދުގައި ހިއްސާގެ މިލްކުވެރިކަން ބަދަލު ކުރެވޭނެ ހާލަތްތަކާއި ހިއްސާގެ މިލްކުވެރިކަން ބަދަލު ނުކުރެވޭނެ ހާލަތްތައް ބުނެދީފައިވެ އެވެ.

ރާއްޖޭގައި ރަސްމީކޮށް ހިއްސާގެ ބާޒާރެއް ރަޖިސްޓްރީ ކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އޭރު ރާއްޖޭގެ ހިއްސާގެ ބާޒާރުގެ އަގަކީ 2.9 ބިލިއަން ރުފިޔާ އެވެ. މިހާރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ނުވަ ކުންފުންޏެއް ލިސްޓުކޮށްފައި ވެއެވެ. މިހާރު ބާޒާރުގެ އަގު ނުވަތަ މާކެޓް ކެޕިޓަލައިޒޭޝަން 16 ބިލިއަން ރުފިޔާއަށް އަރާފައި ވެއެވެ.