ހަބަރު

ޒަހަމްތަކަކާއެކު އޮތް މީހަކު އައްޑޫން ފެނިއްޖެ

އައްޑޫ ސިޓީ މަރަދޫގައި ހަށިގަނޑު ވަރަށް ބޮޑަށް ޒަހަމްވެފައިވާ އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ޒަހަމްތަކަކާއެކު އޮތް އެ މީހާ ފެނިފައި ވަނީ އައްޑޫ ސިޓީ މަރަދޫގެ ފުއްޓަރު ފަރާތުންނެވެ. މިއަދު ހަވީރު 3:30 ހާއިރު ފެނުނު އެ މީހާ މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެ މީހާއަށް ބަޔަކު ގޮސް އަނިޔާކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.