ސައުދީ އަަރަބިއްޔާ

ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމްކޮށްފި

Aug 27, 2019

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް މިއަދު އުފައްދައި އެ ތަނަކީ ފޮރިން މިނިސްޓްރީގެ ދަށުގައިވާ ސައުދީގައި ހުންނަ ދިވެހި އެމްބަސީގެ ދަށުން ހިނގާ ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް އުފެއްދެވީ، ހައްޖާއި ޢުމްރާއަށްދާ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުމަށާއި، ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ސައުދީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.