ހަބަރު

ޒަހަމްތަކާއެކު އައްޑޫން ފެނުނު މީހާ މާލެ ގެންނަނީ

އައްޑޫ ސިޓީ މަރަދޫން އިއްޔެ ޒަހަމްތަކާއެކު ފެނުނު މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހާ މިއަދު މާލެ ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. ޒަހަމްތަކާއެކު އެމީހާ ފެނުނީ އިއްޔެ 3:30 މަރަދޫ ފުއްޓަރު ފަރާތުންނެވެ. އަދި އެ މީހާއަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ މާލެ ގެންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ހަަދަން ޖެހޭ ސްކޭންތަކެއް ހެދެން ނެތުމުންނެވެ. އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ އިރު މައްސަލަ ތަހުގީގެއް ފުލުހުން ދަނީ ކުރަމުންނެވެ.