ހަބަރު

އިސްލާމް ދީނާ ހިލާފު ފޮތް ވިއްކަނިކޮށް އަތުލައިފި

Aug 31, 2019

އިސްލާމްދީނާ ހިލާފު ފޮތްތަކެއް މާލޭގައި ވިއްކަމުން ދަނިކޮށް އަތުލައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ކަސްޓަމްސް އިން ބުނީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަ ލިޔެފައި ހުރި 109 ފޮތެއް މާލޭގައި ވިއްކަން ބަހައްޓާފައި ވަނިކޮށް ކަސްޓަމްސްގެ ބެލުމުގެ އިއްޔެ ގެނެސްފައިވާ ކަމަށެވެ.

އެ ފޮތްތައް ވިއްކަން ބަހައްޓާފައިވަނީ ކޮން ފިހާރައެއްގައި ކަން އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން އަދި ހާމަކޮށްފައެއްު ނުވެ އެވެ.