ވިޔަފާރި

އެލައިޑުގެ ތިމާވެށި ވައުދުތައް ލޯންޗް ކޮށްފި

އެލައިޑް އިންޝުއަރެންސުން "ގްރީން ފޯ ގުޑް" ކެމްޕޭންގައި ބައިވެރިވެ ތިމާވެށީގެ ވައުދުތައް ލޯންޗް ކޮށްފި އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ އަންސާނާ އިފުރު ރިސޯޓުން މިއަދު ކުރިއަށް ގެންދިޔަ "10 ޓް 10" އިވެންޓުގައި އެ ކުންފުނީގެ ގްރީން ފޯ ގުޑް އިނީޝިއޭޓިވް ލޯންޗް ކޮށްފައިވާ ކަމަށެވެ.

މި އިނީޝިއޭޓިވް ލޯންޗް ކޮށްދެއްވީ ބަންޔަން ޓްރީ ގްރޫޕުގެ ސަސްޓެއިނަބިލިޓީ ޑިރެކްޓަރު އަދި ބަންޔަން ޓްރީ ގްލޯބަލް ފައުންޑޭޝަންގެ ކޯޑިނޭޓިން ޑިރެކްޓަރު ސްޓީވް ނިއުމަން އެވެ.

އެލައިޑުން ލޯންޗް ކުރި ވައުދުތަކުގެ ތެރޭގައި ހިމެނެނީ ތިމާވެށްޓާއި ރަހުމަތްތެރި ކޮތަޅާއި ފުޅި މީގެ އިތުރުން އޮފީސް މާހައުލުގައި ކަރަންޓާއި ކަރުދާސް މަދު ކުރުމާއި މި ނޫން ވެސް އެހެނިހެން ބަދަލުތައް ގެނައުމެވެ.

މި ހަފުލާގައި އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރު ޝަފާޒް މުހައްމަދު ވިދާޅުވީ ގްރީން ފޯ ގުޑް އިވެންޓަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭނެއް ކަމަށާ، އެ ގޮތެއްގެ މަތިން ގައުމަށާއި ރައްޔިތުން އަދި ކަނޑުގެ ދިރުން ތަކަށް ވެސް ރައްކާތެރިކަމާއި އަޅާލުން ކަށަވަރު ކުރުމަށް ގިނަ ކަންތައް ތަކެއް ކުރާނެ ކަމަށެވެ.