ވިޔަފާރި

ކޮރެއާގެ ތަރިންނާއެކު ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި

Sep 1, 2019

ކޮރެއާގެ މަޝްހޫރު ބައެއް ސެލެބްރިޓީންނާއެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

ސިންގަޕޯ އެއާލައިންސް އާއި އެމްއެމްޕީއާރުސީ ގުޅިގެން މި ހަރަކާތް ކުރިއަށް ގެންދަނީ ކޮރެއާގެ މަޝްރޫއު ޓީވީ ތަރިން ރާއްޖެ ގެނެސްގެންނެވެ.

މި ހަރަކާތުގައި ބައިވެރިވާން ރާއްޖެ އައިސްފައިވަނީ ކޮރެއާގެ ސޯޝަލް މީޑިއާ ހާއްސަކޮށް ޔޫޓިއުބުގައި މަގުބޫލުކަން ހޯދާފައިވާ ތަރިންނެވެ. މި ކެމްޕޭނުގެ ބައިވެރިން ރާއްޖެ އައިސް ތިބީ އައްޑޫގައި ހުންނަ އީކުއޭޓާވިލެޖާއި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގަ އެވެ. މި ދަތުރުގައި ނެގި މަންޒަރުތައް މިހާރު ދަނީ ކޮރެއާގެ ޖޭވައިޕީޕިކްޗާސް ޔޫޓިބް ޗެނަލުން ދައްކަން ފަށާފަ އެވެ. މި ޗެނަލްއަކީ އެ ގައުމުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޗެނަލެކެވެ.

ކޮރެއާއަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ކޮރެއާ ހިމެނޭ ސަރަހައްދުން މިދިޔަ އަހަރު 34,400 މީހުން ރާއްޖެ އައިސްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް އެ ސަރަހައްދުން 19,880 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ.