ރެޑްވޭވް

"ރެޑްވޭވް ހަފުތާ ސޭލް" ކުރިއަށް

ޖުލައި މަހުގެ ފަހު ހަފުތާއިން ފެށިގެން ރެޑްވޭވުން ކުރިއަށްގެންދާ "ރެޑްވޭވް ހަފުތާ ސޭލް" އަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރެޑްވޭވް އިން ބުނެފި އެވެ.

މި ޕްރޮމޯޝަންގައި މާލެ އަދި ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާއިރު ކޮންމެ ހަފުތާއަކު ގުރުއަތުން ތިން ފަރާތެއް ހޮވަ އެވެ. "ރެޑްވޭވް ހަފުތާ ސޭލް" ގައި 100 ރުފިޔާ އިން މަތިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން އެއްވަނަ އަށް 5،000 ރުފިޔާ ދެ އެވެ. އަދި ދެވަނަ އަށް 3،000 ރުފިޔާ ދޭ އިރު ތިންވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ދެނީ 2،000 ރުފިޔާ އެވެ.

"ރެޑްވޭވް ހަފުތާ ސޭލް" ގެ ދަށުން ފާއިތުވި ހަތަރު ހަފުތާގައި ނަސީބުވެރިން ހޮވާ އެ ފަރާތްތަކަށް ފައިސާގެ އިނާމް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

މި ސޭލް ކުރިއަށްދަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ކަސްޓަމަރުންގެ ތަރުހީބަށް ބެލުމަށްފަހު ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރާނެ ކަމަށް ޑްވޭވުން ބުންޏެވެ.