ދުނިޔެ

ކާބުލްގައި ދިން ހަމަލާއެއްގައި 16 މީހުން މަރާލައިފި

Sep 3, 2019

އަފްޣާނިސްތާނުގައި ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއްގައި 16 މީހުން މަރުވެ 100 މީހުން ޒަޚަމް ވެއްޖެ އެވެ. މި ހަމަލާގެ ޒިންމާ ތާލިބާން ޖަމާއަތުން ވަނީ އުފުލާފަ އެވެ.

އަފްޢާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނުސްތަރު ރަހީމީ ވިދާޅުވީ، މި ހަމަލާ ދީފައިވަނީ މިދިއަ ހޯމަ ދުވަހުގެ ރޭގައި ކަމަށާއި ހަމަލާ އަމާޒުކޮށްފައި ވަނީ މިހާރު ވެސް މީހުން ދިރިއުޅޭ ގްރީން ވިލެޖްގެ އިންޓަނޭޝަނަލް އޮގަނައިޒޭޝަންތަކާއި އެހީ ފޯރުކޮށްދޭ އެޖެންސީތައް ހުންނަ ސަރަހައްދުގައި ކަމަށެވެ.

މި ހަމަލާ ދިން ވަގުތަކީ އަފްޣާނިސްތާނުގެ ޓީވީ ސްޓޭޝަނަކުން އެމެރިކާ ތަމްސީލުކުރާ ޒަލްމޭ ޚާލިދުގެ އިންޓަވިއު ކުރިއަށް ގެންދިޔަ ވަގުތެވެ. ޒަލްމޭ ވާހަކަ ދެއްކެވީ އެ ގައުމުގައި އެމެރިކާގެ ބޭސްއެއް ނެގުމާއި މެދު ތާލިބާނުންނާއެކު މަޝްވަރާތަކެއް ކުރިއަށްގެންދާ ކަމަށް ވިދާޅުވެ އެވެ.

ހަމަލާ ފެށި ވަގުތު ދެވަނަ ދަރަޖައިގެ ގޮވުމެއް ގޮވި އެވެ. އެއޫ އެސަރަހައްދުގައި ހުރި ޕެޓްރޯލް ސްޓޭޝަނެއް ގޮވައި އަލިފާންގަނޑުފެތުރިގެން ދިއުމުންނެވެ. އަދި މުޅިހިސާބުގައި ދުންތައް ފެތުރި އުޑުމަތި ނުފެންނަށް ވަރަށް ދުންގަނޑު އެރި ކަމަށް ވެއެވެ.