overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރައްޔިތުންގެ މަޖިލިސް

ލީޑަރުންނަށް ވެރިކަމަށް ނާދެވޭ މާއްދާ ބާތިލުކުރާ ބިލް ކޮމިޓީއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުކުމް ކުރެއްވި ސިޔާސީ ލީޑަރުންގެ ތެރެއިން ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯއްދެވި ލީޑަރުންނަށް ވެރިކަމަށް ނާދެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުގެ މާއްދާ ބާތިލު ކުރާ ގޮތަށް ހުށަހެޅި ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ގެންގޮސްފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، އޭރު ވެރިކަން ކުރި ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި ބަދަލުގައި ވަނީ، ބޭރު ގައުމަކުން ހިމާޔަތް ހޯދައިގެން އުޅޭ މީހަކު، ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބެއްގައި ވާދަކުރެވޭނީ، އެ ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުންނެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އެ އިސްލާހު ބާތިލް ކުރަން މައްޗަންގޯޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހައިތަމް ހުށަހެޅުއްވި ބިލު ތަޅުމަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ތަޅުމަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީއަށެވެ.

މިދިޔަ އަށާރަވަނަ މަޖިލީހުން ރިޔާސީ އިންތިހާބުގެ ގާނޫނަށް އެ ބަދަލު ގެނެސްފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖޭން ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވި ދުވަސްވަރުގަ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ދެކުނު ގޮތުގައި ރިޔާސީ އިންތިހާބުގެ ގާނޫނަށް އެ ބަދަލު ގެނައީ އެ ލީޑަރުންނަށް އަމާޒުކޮށްފަ އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މީގެ ކުރިން އޮންނަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ނަމަވެސް ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފިނަމަ ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ވަކި މުއްދަތެއް ފަހުން ކަމަށް ކަނޑައަޅާފައެއް ނޯވެ އެވެ. ވަކި މުއްދަތެއް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެންނަން ނިންމީ ބޭރުގެ ބައެއް ގައުމުތަކުން ވެސް އެ އުސޫލަށް އަމަލު ކުރާތީ ކަމަށް އޭރު ވެރިކަން ކުރި ޕީޕީއެމް އިން ބުންޏެވެ.