އަފްޣާނިސްތާން

ކާބުލްގެ އެމެރިކާ އެެމްބަސީ ކައިރީ ތާލިބާނުން ބޮމެއް ގޮއްވާލައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރީގައި ތާލިބާނުން ކާރު ބޮމެއް ގޮއްވާލައިފި އެވެ. މިއީ ތާލިބާނުން އެމެރިކާއަށް އިންޒާރު ދިނުމުގެ ގޮތުން ގޮއްވާލި ބޮމެކެވެ.

ބޮމް ގޮއްވާލި ސަރަހައްދަކީ އެމެރިކާގެ އިތުރުން އެހެން ގައުމުތަކުގެ އެމްބަސީ އާއި އދ. ގެ އޮފީސްތައް ވެސް ހުންނަ ކާބުލްގެ ގްރީޒް ޒޯނެކެވެ. ބޮން ގޮއްވާލުމާއި ގުޅިގެން 30 މިހާކު ޒަހަމްވެފައިވެ އެވެ.

މި ހަމަލާދީފައި މިވަނީ، ތާލިބާނުންނާއެކު އެމެރިކާއިން މަޝްވަރާ ކުރަމުން ދަނިކޮށެވެ. އަދި އެމެރިކާއިން ވަނީ ތާލިބާނުންގެ އެދުމުގެ މަތިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ސިފައިންތަކެއް އަނބުރާ ގެންދިޔުމަށް ވެސް ނިންމާފަ އެވެ. ސިފައިން އަނބުރާ ގެންދަން އެމެރިކާއިން ނިންމީ، ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ތާލިބާނުންގެ ފަރާތުން މަޝްވަރާގައި ބައިވެރިވި ފަރާތުން ދިނުމުންނެވެ.

މިއީ މިހަފުތާގައި ތާލިބާނުން އަފްޣާނިސްތާނަށް ދިން ދެވަނަ ހަމާލާ އެވެ. މިދިޔަ ހޯމަ ދުވަހު ޖާނު ގޮއްވާލައިގެން ތާލިބާނުން ދިން ހަމަލާއެއްގައި 16 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. ކައިރި ކައިރީގައި ތާލިބާނުން ހަމަލާދޭން ފެށުމުން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން މިހާރު ވަނީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ނުކުމެފަ އެވެ.