ހަބަރު

ސައިކަލެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

Sep 6, 2019

މާލޭގެ ސޯސަން މަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސޯސަން މަގުގައި ހުރި ސައިކަލެއް އިއްޔެ ވަގަށް ނަގާފައިވާ ކަމަށް ރޭ 10:00 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި އަދި މިރޭ 6:00 ޖެހި އިރު މާލޭގެ ޓިނު ޕާކު ކައިރިން އެ ސައިކަލުގައި ދެ މީހަކު ދަނިކޮށް ހިފަހައްޓާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިހާރު ސައިކަލު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.