ހަބަރު

މައްސަލަ ހައްލުކޮށް އައްޑޫއަށް އަލުން ކަރަންޓްދީފި

Sep 9, 2019
1

ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްފަހު އައްޑޫ ސިޓީއަށް ރޭ ދަންވަރު އަލުން ކަރަންޓް ދީފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.

އައްޑޫން ކަރަންޓު ކެނޑިފައިވަނީ އިއްޔެ ހަވީރު 5:00 ޖަހާއެހާކަންހާއިރު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކަރަންޓު ދިނުމުން ވެސް އިރުކޮޅެއް ފަހުން ކަރަންޓު ކެނޑިފައި ވެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިފައިވަނީ ޕަވާ ޑިސްޓްރިއުބިޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެނެވެ.

ފެނަކައިން ބުނީ، ރޭދަންވަރު ކަރަންޓްގެ މައްސަލަ ހައްލުކުރުމަށްފަހު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދެވިފައިވާ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލަ އެއްކޮށް ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.6 މެގަވޮޓްގެ އާ ޖެނެރޭޓަރެއް އިންސްޓޯލްކޮށް، ކަރަންޓް ދޭން ފަށާފައިވަނީ މިދިޔަ މިދިޔަ ޖޫން މަހުގެ ތެރޭގައި އެވެ.